ފުލުހުންގެ ބަންދުގައިވާ ފަރާތްތަކަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ނުދޭކަމަށްބުނެ ފަތުރަމުންދާ ޙަބަރުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޮގުކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދުލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުން ތަރުޖަމާން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކުއްލަި ނުރައްކަލުގެ ހާލަތުގައ މީހާރު ހިންގަމުން ގެންދާ ތަހުޤީޤާއި ގުލޭ ގޮތުން ޝޯޝަލް މީޑިއާއި އެހެނިހެން މީޑިއާތަކުގައިވެސް ތަފާތު ވާހަކަތައް ދެއްކެވުންދާކަމަށެވެ. ޝިފާން ވިދާޅުވީ ފުލުހުންގެ އާއްމު ޤާނޫނުގެ ދަށުން ލިބިދީފައިވާ އެއްވެސް ހައްޤެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް މީހަކަށް އުނިވާ ގޮތަށް ފުލުހުން މަސައްކަތް ކުރަމުންނުދާކަމަށެވެ.
" ފުލުހުންގެ އާއްމު ޤާނޫނުން ލިބިދީފައިވާ އެއްވެސް ހައްޤެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް މީހަކަށް އުނިވާ ސިފައަކުން ފުލުހުން މަސައްކަތްކުރަމުން. މި ދަނޑިވަޅުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެތައް ބަޔަކު ތިބި އިރު އަޅުގަޑުމެން މި އަންނަނީ ކޮންމެ ދުވަހަކު ތަހުޤީޤު ހިންގުމަށް މަސައްކަތްކުރަން. އެފަދަ ދުވަސްތަކުގައި ވަކީލުންނާއި ބައްދަލުނުވެއްޖެނަމަ ތަހުޤީޤު ނުހިނގާ ދުވަސްތަކުގައި ވަކީލުންނާއި ވަކީލުންނަށް 30 މިނެޓްގެ ފުރުސަތެއް ދެމުން " ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ފުލުހުން މިހާރު ހިނގަމުންދާ ތަހުޤީގު ގެންދަނީ ވަރަށް އިންސާފުވެރިކަމާއިއެކު ހާމަކަން ބޮޑުގޮތެއްގައިކަމަށެވެ. އަދި މީ ގިނަ ބަޔަކާއި ގުޅުންހުރި މައްސަލައެއްކަމަށް ވުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.