މިދިޔަ އަހަރުގެތެރޭގައި ޓެކްސް ދެއްކުމުގައި ކުދިވިޔަފާރިތަކަށް ވަރަށް ބޮޑަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީފައިވާނެކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އިން ބުނެއެވެ. މީރާއިން މިހެން ބުނީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގުރާމުގައެވެ.
މިދިޔަ އަހަރުގެތެރޭގައި ޓެކްސް ދެއްކުމުގައި ކުދިވިޔަފާރިތަކަށް ވަރަށް ބޮޑަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީފައިވާނެކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކޮންޕްލަޔަންސް މޫސާ ޙަލީމް ވިދާޅުވީ ފާއިތުވި އަހަރަކީ މީރާއިން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއިތަކެއް ދިން އަހަރެއްގެ ގޮތުގައެވެ. ކުރިން 20،000 ރުފިޔާއަށްވުރެ ގިނައިން ޢާމްދަނީލިބޭނަމަ މީރާގައި ރަޖިސްޓްރީކުރަން ޖެހޭއިރު މިހާރު ރަޖިސްޓްރީކުރަން ޖެހެނީ ޢާމްދަނީ 40،000 ރުފިޔާއަށްވުރެ އިތުރަށްލިބޭ ފަރާތްތަކުންނެވެ.
އަދި ކުދި ވިޔަފާރިތަކަށް ބީޕީޓީ ހުށަހެޅުމުގައިވެސް މިދިޔަ އަހަރު މީރާއިން ވަނީ ލުއިދީފައެވެ. ކުރިން ބީޕީޓީ ހުށަހަޅަންޖެހެނީ ވިޔަފާރިން ލިބޭ އާމްދަނީ ހަތްސަތޭކަ ފަންސާސްހާސް ހާހަށްވުރެ އިތުރުވެ ޓެކްސްއިން ލިބޭ ފައިދާ އަހަރެއްގެ މައްޗަށް ފަސްސަތޭކަ ހާހަށް އިތުރުވާނަމައެވެ. ނަމަވެސް މިހާރު ބީޕީޓީ ބަޔާން ހުށަހަޅަންޖެހެންޖެހެނީ ވިޔަފާރިން ލިބޭ އާމްދަނީ 1 މިލިއަނަށްވުރެ އިތުރަށް އަހަރެއްގެ މައްޗަށް އާމްދަނީ ލިބޭ ފަރާތްތަކުން އެކަންޏެވެ. މީގެ ސަބަބުން ވަރަށް ގިނަ ކުދި ވިޔަފާރިތަކަކުން މިހާރު ބީޕީޓީ ހުށަހަޅަންނުޖެހޭނެކަމަށް މީރާއިން ބުނެއެވެ.
ބީޕީޓީ ބަޔާން ތައްޔާރުކުރުމުގައި ވެސް މީރާއިން މިހާރުވަނީ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ. ކުރިން އަހަރެއްގެ މައްޗަށް 5 މިލިއަން ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭފަރާތްތަކުން ބީޕީޓީ ބަޔާން ހުށަހެޅުމުގައި އެކްރުއަލް ބޭސިސް ބޭނުންކުރަންޖެހޭއިރު މިހާރު މިއަދަދު ވަނީ 5 މިލިއަނުން 10 މިލިއަނަށް އިތުރުކޮށްފައެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހެޅުމުގައި މީރާއިން އެޕްރޫވް ކޮށްފައިވާ އޮޑިޓަރއެއް މެދުވެރިކޮށް އޮޑިކްރުރަންޖެހޭ މިންވަރުވެސް މިހާރުވަނީ އިތުކޮށްފައެވެ. ކުރިން ވިޔަފާރީގެ އާމްދަނީގެ ގޮތުގައި 5 މިލިއަން ލިބޭ ފަރާތްތަކުން މީރާއިން އެޕްރޫވް ކޮށްފައިވާ އޮޑިޓަރެއް މެދުވެރިކޮށް އޮޑިކްރުރަންޖެހުނު ނަމަވެސް މިހާރު މިޢަދަދުވެސް ވަނީ 10 މިލިއަނަށް އިތުކޮށްފައެވެ. މީގެ ސަބަބުން ވަރަށް ގިނަ ކުދި ވިޔަފާރިތަކަކަށް ލުއިފަސޭހަތަކެއް ލިބިގެންދިޔަކަން މީރާއިން ބުނެއެވެ.
މީރާއިން މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ކުދި ވިޔަފާރިތަކުގެ ޖޫރިމަނާވެސް ވަނީ މަޢާފްކޮށްދީފައެވެ.