ޚަބަރު

ޒުވާނުން ބާރުވެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގައިފި


އަމިއްލަ ޖަމުއިއްޔާއެއްކަމަށްވާ ރީޖަނަލް އެލާޔަންސް ފޮރ ފޮސްޓެރިން ޔޫތް، ރަފީގެ ފަރާތުން ޒުވާނުން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

އެއް ދުވަހުގެ މިތަމްރީން ޕްރޮގްރާމަކީ ސިލްސިލާކޮށް ރަފީ އަދި ކޮލޮންބޯގެ ލީޑަރޝިޕް އެކަޑަމީގެ އެހީތެރިކަމާ އެކު ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ މިއަހަރު މިޓްރެއިނިންގް ބޭއްވި ހަތަރު ވަނަ ބުރެވެ.

މިލޭނިއަމް އެމްބެސެޑަރޒް ޓްރެއިނިންގެ ނަމުގައި ކުރިޔަށްގެންދާ މިޕްރޮގްރާމުގައި ޒުވާނުންނަށް ލީޑަރޝިޕް ސްކިލްސް، ހިންގުންތެރިކަމުގެ ހުނަރުތަކާ، އަމިއްލަ ވިޔަފާރި ނުވަތަ ބިސްނަސް ހިންގުމުގެ ހުނަރުތައްވެސް ބުނެދީފައިވެއެވެ.

ރަފީގެ ފައުންޑަރ އައިޝަތު ރަފިއްޔާ ވިދާޅުވީ ސިލްސިލާކޮށް މުޅި އަހަރަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ތަމްރީނުން އެންމެ ފާހަގަކޮށްލެވޭ ކުދިންނަށް ތިން ދުވަހުގެ ޔޫތް ލީޑަރޝިޕް ކޭންޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މިޔޫތް ކޭންޕްގެ ތެރެއިން ފާހަގަކޮށްލެވޭ ދިހަ ކުދިން ހޮވާ އެމީހުންނަށް ކޮލޮންބޯގެ ލީޑަރޝިޕް އެކަޑަމީއިން ކުރިޔަށް ގެންދާ ޚާއްސަ ހަތްދުވަހުގެ ތަމްރީނެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭނެކަމަށެވެ.

ރަފީ އެންޖީއޯއިން ބުނީ މިއަހަރު ބޭއްވުނު މިލޭނިއަމް އެންބެޒެޑަރ ތަމްރީން ޕްރޮގްރާމްތަކުން 1700 ކުދިން ތަމްރީން ވެފައިވާކަމަށެވެ.