ޚަބަރު

ރާއްޖޭގައި ހުންނަ ޖަޕާނުގެ އެންބަސީން ވިސާ ދޫކުރަން ފަށައިފި


ރާއްޖެއިން ޖަޕާނަށް ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެންބަސީން ވިސާގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން މައުލޫމާތުދޭގޮތުގައި ކޮންމެ ހަފްތާއަކުވެސް އާދީތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެދުނު ދިހައަކާ ބާރައާ ދެމެދު އަދި މެންދުރުފަހު ދޭކާއި ހަތަރަކާ ދެމެދު ޖަޕާނަށް ދިއުމަށް ބޭނުންވާ ވިސާ އެޕްލިކޭޝަން އެންބަސީން ބަލައިގަންނާނެއެވެ. 

ޖަޕާނަށް ރާއްޖޭގެ ރަޔިތުން ދަތުރުކުރުމަށް ބޭނުންވާ ވިސާއަށް އެދޭ ފޯމް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެންބަސީގެ އޮފިޝަލް ވެބްޕޭޖުން ލިބެން ހުންނާނެއެވެ. މާލޭހައި ހުންނަ ޖަޕާނުގެ އެންބަސީ ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އާގޭގެ އަށްވަނަ ފަންގިފިލާގައެވެ.