ކުޅިވަރު

އެޗް.އޭ.އެފް އައިލެންޑް ކަޕްގެ ޗެމްޕިއަންކަން މާލެ ސިޓީ ހޯދައިފި


އެޗް.އޭ.އެފް އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މާލެ ސީޓި ހޯދައިފިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުން ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންކަން މާލެ ސިޓީގެ ޓީމު ހޯދީ މުބާރާތުގެ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބ.ހިތާދޫ އެކެއް ސުމަކުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް މާލެ ސިޓީއަށް ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ރިހާމް އަބްދުލް ގަނީ (ބޮބީ)އެވެ.

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ މާލެ ސިޓީގެ ބޮބީއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މުބާރާތުގެ ރަނާސްއަޕް ޓީމް ބ.ހިތާދޫގެ ހުޒެއިފަތް ރަޝީދު، ހުޝާމް އިބްރާހިމް ރަޝީދު، ރާމިޒް އަބްދުލް ވައްހާބް އަދި ތ.ތިމަރަފުށީ ޓީމުގެ އަބްދުﷲ ޒިޔާން އާއި ޗެމްޕިއަން ކ.މާލެ ޓީމުގެ އަހުމަދު މުބީންއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަޤާމްގެ އިތުރުން މުބާރާތުގެ އެންމެ ޕްރޮމިސިންގ ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ ރ.އިނގުރައިދޫ ޓީމުގެ އަހުމަދު އައިހަމްއެވެ. އެންމެ މޮޅު ކޯޗަކީ ބ.ހިތާދޫ ޓީމްގެ ކޯޗު މަޒުހަރެވެ. ފެއަރޕްލޭ ޓީމަކީ ދ.ކުޑަހުވަދޫ ޓީމެވެ. ފެއަރޕްލޭ ކުޅުންތެރިއަކީ ތ.ތިމަރަފުށީ ޓީމްގެ ކެޕްޓަން އިބްރާހީމް ސިނާހުއެވެ.