ކުޅިވަރު

ޕްރޮފެޝަނަލް ޓެނިސް މުބާރާތެއްގައި މަލްޑިނީ


އިޓަލީގެ ކުރިގެ ޑިފެންޑަރ ޕައުލޯ މަލްޑީނީ ޕްރޮފެޝަނަލް ޓެނިސް މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. 

އިޓަލީގެ ކުރީގެ އެންމެ މޮޅު ޑިފެންޑަރ ޕައުލޯ މަލްޑީނީ އޭނާގެ ޓެނިސް ކޯޗް ސްޓެފާނޯ އެކީގައި ކުޅުނު ޑަބަލްސް މެޗުން ބަލި ވީހައެއް އެކެއް އަދި ހައެއް އެކަކުންނެވެ. މިއީ 49 އަހަރުގެ ކުޅުންތެރިޔާޕްރޮފެޝަނަލް ޓެނިސް މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. 

މިލާންގައި މިހާރުކުރިއަށްދާ އެސްޕަޔަރ ޓެނިސް ކަޕްގައި މަލްޑީނީ ކުޅުނު މެޗަށްފަހު އޭނާ ބުނީ ފުރަތަމަ ޕޮއިންޓްގައިވެސް އޭނާ ފިޒިކަލީ ފިޓް ނޫންކަން އިހުސާސްވި ކަމަށާއިނަމަވެސް މިއީ މަޖާ ރަނގަޅު ތަޖުތިބާއެއް ކަމަށެވެ. ފުޓްބޯޅަ ކުޅުންހުއްޓާލުމަށްފަހު މިހާރު ޓެނިސް ކުޅެން ފަށާފައިވާ މަލްޑިނީ ބުނީ އޭނާ މިހާރުއެންމެ ބޭނުންވަނީ ރޮޖަރ ފެޑްރާ އެކީގައި މެޗެއް ކުޅެން ކަމަށާއި، ފެޑްރާގެ ކޯޗާއެކު މިހާރު މެޗެއް ކުޅެފިން ކަމަށެވެ. 

މަލްޑިނީގެ ޓެނިސް މެޗް ބަލާލުމަށްއޭނާއާއެކު މިލާނަށް ކުޅުނު ސީޑޯފް އައިކަން ފާހަގަކޮށްލެވެއެވެ.  49 އަހަރުގެ މަލްޑީނީ ވަނީ އިޓަލީގެ ޤައުމީޓީމަށް 126 މެޗު ކުޅެދީ އޭސީ މިލާނާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައެވެ. 

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ޕައުލޯ މަލްޑިނީ ފުޓްބޯޅަ ކުޅުން ހުއްޓާލީ އުމުރުން 41 އަހަރުގައެވެ.