ޚަބަރު

ޕީއެސްއެމާއި އަލްއަޞްރު ޖަމްޢިއްޔާ އެއްބަސްވުމެއްގައި ސޮއިކޮށްފި


ދީނީ އަދި އިޖްތިމާޢީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޕީއެސްއެމް އާއި އަލް އަޞްރު ޖަމްޢިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ޕީއެސްއެމްގެ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުގައި ދީނީ އަދި އިޖްތިމާޢީ މަޢުލޫމާތު އިތުރުކުރުމެވެ. މިގޮތުން ކުރިޔަށްއޮތް ރަމަޟާންމަހުވެސް އަޞްރު ޖަމްޢިއްޔާގެ އުފެއްދުންތައް ޕީއެސްއެމްގެ ޗެނަލްތަކުން ދައްކާނެވެ. އަދި ދެ ފަރާތް ގުޅިގެން އުފައްދާ ކޮންޓެންޓުތައް ވެސް ދައްކާނެއެވެ. އަޞްރު ޖަމިއްޔާގެ ރައީސް ހިޝާމް އަންވަރު ވިދާޅުވީ ޕީއެސްއެމް ފަދަ ޗެނަލަކުން އަޞްރު ޖަމިއްޔާއިން އުފައްދާ ކޮންޓެންޓުތައް ދެއްކުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެ ޖަމިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.