ކުޅިވަރު

ޒޯން ހަޔެއްގެ ޗެމްޕިއަންކަން ތިމަރަފުށި، ޒޯން އަށެއް ފޭދޫ އަށް


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަޔެއްގެ ޗެމްޕިއަންކަން ތިމަރަފުށި އަދި ޒޯން އަށެއްގެ ޗެމްޕިއަންކަން ސ ފޭދޫ ހޯދައިފިއެވެ. 

ޒޯން ޗެމްޕިއަން ކަނޑައެޅުމަށް މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން  ޒޯން ހައެއްގެ ޗެމްޕިއަންކަން ތިމަރަފުށްޓަށް ލިބުނީ ލ މާބައިދޫގައި މިއަދު ކުޅުނު ފައިނަލްގެ ދެވަނަ ލެގުގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ތިމަރަފުށީގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ތިމަރަފުށި ކާމިޔާބުކޮށްފައިވަނީ ދެލަނޑު ސުންލަނޑުންނެވެ.



ޒޯން އަށެއްގެ ޗެމްޕިއަންކަން ސ ފޭދޫ ޓީމު ހޯދީ ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަމާ ވާދަކޮށް މިއަދު ބަލިވި ނަމަވެސް ދެލެގުގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. ތިންލަނޑު އެއްލަނޑުން މިއަދު ފޭދޫ ބަލިވިއިރު މިދެޓީމް ފޭދޫ ދަނޑުގައި ކުޅުނު މެޗު ފޭދޫ ކާމިޔާބުކޮށްފައިވަނީ ފަސްލަނޑު ދެލަނޑުންނެވެ.