ޚަބަރު

އައްޑޫސިޓީއަށް ރޭ ލިބުނު ގެއްލުންތައް ބަލަން ވަފުދެއް ފޮނުވަނީ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީއަށް ރޭ ލިބުނު ގެއްލުންތައް ބެއްލެވުމަށް ވަފުދެއް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ތަރުޖަމާނު މުޢާޒްގެ ޓްވީޓްގައި ވިދާޅުވީ "އައްޑޫ ސިޓީއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން، އެ ގެއްލުންތައް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ވަފުދެއް އައްޑޫ ސިޓީއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި. މި ވަފުދުގައި އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު." ކަމަށެވެ. tw:https://twitter.com/SpokespersonMV/status/865069143371816960

tw:https://twitter.com/SpokespersonMV/status/865069171658301441 އައްޑޫ ސިޓީ ހިތަދުއަށް ރޭ އައި ކޮޅިގަނޑެއްގައި އެރަށުގެ 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ. ހިތަދުއަށް އައި ކޮޅިގަނޑުގައި ބައެއް ގެތަކަށް ބޮޑެތި ގެއްލުންވެފައިވާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ސަދަން އޭރިއާއިން ބެލި ބެލުމުން ހިތަދޫގެ 6 ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއެވެ. އަދި މީގެ ތެރެއިން 3 ގެއެއްގެ މައްޗަށް ބޮޑު ދެގަހެއް ވެއްޓިފައިވާ ކަމަށާއި، ވެއްޓިފައިވާ ގަސްތައް ނަގައި ފުރާޅުތައް ހެޔޮކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތުލިބިފައިވެއެވެ. މި މަސައްކަތުގައި ހިތަދޫގައި ހުންނަ ފަޔަރ ސްޓޭޝަނާއި، ސަދަން އޭރިޔާގެ ސިފައިންނާއި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. tw:https://twitter.com/PSMnewsmv/status/865081058139676672

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ދެނުނުގެ އަތޮޅުތަކަށް ދަނީ މިއަދުންފެށިގެން ވިއްސާރަކުރަމުންނެވެ. އެގޮތުން ގދ.އަތޮޅުގެ ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ މިހާރުވެސް ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ. tw:https://twitter.com/PSMnewsmv/status/865080943026909187

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ ދިފާޢީބާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.