ކުޅިވަރު

ކ.ގުރައިދޫ ފުޓްސަލް ދަނޑު ހުޅުވައިފި


ކ.ގުރައިދޫ ފުޓްސެލް ދަނޑު މިއަދު ހުޅުވައިފިއެވެ.

ގުރައިދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމްއެވެ. ގުރައިދޫ ފުޓްސަލް ދަނޑުގެ މަސައްކަތަށް 1.8 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ގުރައިދޫގައި މިހާތަނަށް ޤާއިމްކުރައްވާފައިވާ ކުޅިވަރުގެ ވަޞީލަތްތަކަށް 3 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ކ.އަތޮޅުގައި ޔޫތް މިނިސްޓްރީން ހިންގަވާފައިވާ އެކި މަޝްރޫއުތަކަށް 14 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށްވެސް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ. ދަނޑު ހުޅުއްވައިދެއްވުމަށްފަހު ޔޫތް މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިފަދަ މަޝްރޫޢުތައް ހިންގަވާ ވަޞީލަތްތައް ޤާއިމްކުރައްވަމުން ގެންދަވަނީ ޒުވާނުންގެ ހަމަޖެހުމާއި، މުސްތަޤްބަލަށްޓަކައި ކަމަށެވެ. ދަނޑު ހުޅުވުމަށްފަހު މިނިސްޓްރީގެ ޓީމަކާއި، ގުރައިދޫ ޓީމަކާ ދެމެދު ވަނީ ޚާއްޞަ ފުޓްސަލް މެޗެއްވެސް ކުޅެފައެވެ.

img:http://s4.psmnews.mv/images/660x400/14938180711805.jpg|ގުރައިދޫ ފުޓްސެލް ދަނޑު: ފޮޓޯ-ޔޫތް މިނިސްޓްރީ

މިދިޔަ ހަފްތާއާއި، މިހަްތާގެ ތެރޭގައި ގިނަ ރަށްތަކެއްގެ ފުޓްސަލް ދަނޑުތައް ވަނީ ހުޅުވާ ބޭނުން ކުރަން ފަށާފައެވެ. މިހާރުވެސް ގިނަ ރަށްތަކުގައި ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ އެކި ކޮމްޕޯނަންޓްތަކުގެ މަސައްކަތްތައް ހިންގަމުން އެބަގެންދެއެވެ.