އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ދެކުނު ކޮރެޔާގައި ފަށާ އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ނެޓްބޯޅަ ޓީމްގެ ކެޕްޓަނަކަށް ހަމްނާ އަބްދުއްރަޙްމާން (ހަންނަ) ހަމަޖައްސައިފިއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދިން ގޮތުގައި ހަމްނާ ކެޕްޓަނަކަށް ހަމަޖެއްސީ ހުރިހާ ކުޅުންތެރިންގެ މެދުގައި ނެގި ވޯޓަކުންނެވެ. ހަމްނާއަކީ 2015 ވަނަ އަހަރު ހޮންގކޮންގގައި އޮތް އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމްގެ ވައިސް ކެޕްޓަނެވެ.
މިފަހަރުގެ މުބާރާތުގައި ޓީމްގެ ވައިސް ކެޕްޓަންގެ ޒިންމާ އުފުލާނީ ހުސައިން ހަނާންއެވެ. ހަނާންއަކީ ސީނިއަރ ނެޓްބޯޅަ ޓީމްގައިވެސް ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ.
16 ކުޅުންތެރިންގެ ސްކޮޑަކާއިއެކު މިދިޔަ މަހު ތަމްރީންތައް ފެށި 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމް މިހާރުވަނީ ބާރަ ކުޅުންތެރިންނަށް މަދުކޮށްފައެވެ.
އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ޒުވާން ނެޓްބޯޅަ ޓީމަށް އިރުޝާދުދޭނީ އައިމިނަތު ހަލީމް (ދިލް)އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ލޫނާ މޫސާއެވެ.
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ 6-13 އަށް ދެކުނު ކޮރެޔާގެ ޖިއޮންޖޫގައެވެ. މުބާރާތުގައި އޭޝީޔާގެ ދިހަ ގައުމަކުން ވާދަކުރާނެއެވެ.