ކުޅިވަރު

ދެވަނަ ޑިވިޝަންގެ ކްލަބްތަކަށް އެހީވާނީ އެމްޕީއެލް އަދި ޕޯސްޓް


ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމާއިއެކު ރާއްޖޭގެ ބޮޑެތި ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފައިސާގެ އެހީ ފޯރުކޮށްދޭންވަނީ ނިންމާފައެވެ. ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ފައިސާ ދޭ ކުންފުނިތައް ކަނޑައަޅާފައިވާއިރު، މިއަދު މިވަނީ ދެވަނަ ޑިވިޝަންގައި މިއަހަރު ވާދަކުރާ 10 ކްލަބަށް ފައިސާދޭނެ 2 ކުންފުނި ކަނޑައަޅާފައެވެ.

މިއަހަރު ދެވަނަ ޑިވިޝަންގައި ވާދަކުރާ 10 ކްލަބަށް ފައިސާ ދޭނެ ދެ ކުންފުންޏަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. ކޮންމެ ކުންފުންޏަކުންވެސް 5 ކްލަބަކަށް 5 ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެމްޕީއެލްއަކީ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދޭން އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެއްކަމަށާއި، ވަކިން ޚާއްސަކޮށް ކުޅިވަރުގެ ގިނަ ޒުވާނުން އެ ކުންފުނީގައި ވަޒީފާވެސް އަދާކުރަމުންދާކަމަށެވެ. މިއަދު މި ނެގުނު ގުރުއަތުގައި އެމްޕީއެލްއަށް ލިބިގެންދިޔަ ފަސް ކްލަބްތަކާއިއެކު ގުޅިގެން އެ ކްލަބްތައް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކްލަބްތަކާއި ގުޅިގެން އެ ކްލަބްތައް ހިންގުން ހަރުދަނާކުރުމަށް ބޮޑު މަސައްކަތްތަކެއް ކުރެވޭނެ، ކޮންމެ ކްލަބަކަށް 5 ލައްކަ ޚަރަދުކުރަން އެމްޕީއެލްގެ ބޯޑުންވެސް މިހާރުވަނީ ފާސްކޮށްފައި. ވަރަށް އަވަހަށް ފައިސާ ދެވޭނެ" ރައްޒާގް ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14911373769048.jpg|ދެވަނަ ޑިވިޝަންގެ ކްލަބްތަކަށް ފައިސާ ދޭނެ ކުންފުނިތައް ކަނޑައެޅުމަށް އޮތް ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދޭނެ 5 ކްލަބަކީ:

 ބީޖީ ސްޕޯޓްސް ކްލަބް ދަ ގްރޭންޑް އަމިގޯސް ނިއުޖެނަރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) ޖޭޖޭ ސްޕޯޓްސް ކްލަބް ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ވިޔަންސާމޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދޭނެ 5 ކްލަބަކީ:

ކްލަބް ޕީކޭކްލަބް ޒެފްރޯލްސްޕޯޓްސް ކްލަބް މެކާނޯމަހިބަދޫ ސްޕޯޓްސް ކްލަބް އަދިވީކޭ ސްޕޯޓްސް ކްލަބްދެވަނަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް އަހަރެއްގެ ތެރޭގައި ފަސް ލައްކަ ރުފިޔާގެ މާލީ އެހީއެއް ލިބިގެންދާ އިރު، ކޮންމެ ކުންފުންޏަކުން އަހަރެއްގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ކްލަބުތަކަށް ހަރަދު ކުރާނެ. ކްލަބްތަކާއިއެކު އެގްރީމެންޓްގައި ސޮއިކުރުން އަންނަ ބުރާސްފަތިދުވަހު ނުވަތަ އަންނަ އާދީއްތަ ދުވަހު ކުރިއަށްދާނެކަމަށް އެފްއޭއެމުން ހާމަކުރައްވައެވެ.