ޚަބަރު

މޯލްޑިވިއަން އައިޑަލް ސީޒަން 2: މިރޭ ވަކިވީ ޙަސަން އިރުފާން


މޯލްޑިވިއަން އައިޑަލް ގަދަ އަށެއް ޔަގީންވެއްޖެއެވެ. މި ހަފްތާގެ އެލިމިނޭޝަން ޝޯގައި މޯލްޑިވިއަން އައިޑަލުން ވަކިވީ ޙަސަން އިރުފާނެވެ. މިރޭގެ ޝޯވ ގެ ތީމަކީ މޫވީނައިޓެވެ.

މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑް ފެށުމާއެކު އާންމުންނަށް ވޯޓް ދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އާންމުންގެ %50 ވޯޓާއި ޖަޖުންގެ %50 މާކްސްއަށް ބެލުމަށްފަހު ގަދަ 9 އިން މި ޝޯއާއި އަލްވަދާޢުކީ ޙަސަން އިރުފާނެވެ.

ގާލާ ރައުންޑުގެ ހަތަރުވަނަ ޝޯގައި ބައިވެރިން ހުށަހަޅައިދީފައިވަނީ ދިވެހި ރޮކް އެންޑް ރޯލްގެ ލަވަތަކެވެ. މިލަވަތަކަށް އާންމުގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެލިމިނޭޝަން ޝޯއަށް ފަހު މިހާރު މިވަނީ ގަދަ އަށެއް ޔަގީންވެފައެވެ. 

img:http://s2.psmnews.mv/images/660x400/14910737765400.jpg|އައިޑަލް ޓޮޕް އަށަކަށް ހޮވުނު ބައިވެރިން-

ގަދަ 8 އަށް ހޮވުނު ބައިވެރިން:

ޝަމްވީލް މުޙައްމަދު

ޢިބްރާހީމް ވަޙީދު

މުޙައްމަދު ތަސްނީމް

އަޙްމަދު ނަބީލް މުޙައްމަދު

ޙަމޫދު އަޙްމަދު

އަޙްމަދު ފަރާޝް

އައިޝަތު ޖައިޝާ ވަޙީދު

ޢަބްދުﷲ ހިޝާން

އެލިމިނޭޝަން ޝޯގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދެވެ. ގާލާ ރައުންޑާއެކު، ބައިވެރިންގެ މެދުގައިވެސް ވާދަވެރިކަން އިތުރުވެފައިވާއިރު ކޮންމެ ހަފްތާއެއްގެވެސް އޮންނަ އެލިމިނޭޝަން ނައިޓުން ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބައިވެރިއަކު އައިޑަލް ޝޯވއާ ވަކިވެގެންދާނެއެވެ.