ކުޅިވަރު

ކިރިގިސްތާން ބަލިކޮށް ތުރުކުމިނިސްތާން ފައިނަލާ ގާތަށް ޖެހިލައިފި


ކިރިގިސްތާން ބަލިކޮށް ފައިނަލާ ގާތަށް ތުރުކުމިނިސްތާންޖެހިލައިފިއެވެ. ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި މިއަދު ކިރިގިސްތާނާ ތުރުކުމިނިސްތާންވާދަކުރި މެޗް ތުރުކިމިނިސްތާން ކާމިޔާބުކުރީ ތިން ސެޓް ދެސެޓުންނެވެ. 

ފޯރިގަދަ ކުޅުމެއްފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ދެސެޓް ހޯދީ ކިރިގިސްތާންއެވެ. ފުރަތަމަ ދެސެޓް ކިރިގިސްތާން ހޯދީ 22-25 އަދި 21-25އިންނެވެ. ތުރުކިމިނިސްތާން މެޗްގެ ތިން ސެޓްހޯދީ 20-25، 20-25 އަދި ފަހު ސެޓް 14-16 އިންނެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވި ހަމައެކަނި ޓީމަކީވެސް ތުރުކުމިނިސްތާންއެވެ. އެޓީމް ފުރަތަމަމެޗްގައި ނޭޕާލްގެ މައްޗަށް ކުރިހޯދީ ސީދާ ތިންސެޓުންނެވެ. ކިރިގިސްތާން ރާއްޖޭގެމައްޗަށް ފުރަތަމަ މެޗްގައި ސީދާ ތިންސެޓުން ކުރިހޯދިއިރު، ސެމީގެ ޖާގައެއް ނުވަތަ ފައިނަލުން ސީދާ ޖާގައެއް ހޯދުމަށް ލީގު ފަހު މެޗްގައި ވާދަކުރާނީ ނޭޕާލާއެވެ. 

މިމުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ވާދަކުރާނީ ތުރުކުމިނިސްތާނާދިވެހިރާއްޖެއެވެ. ސެމީފައިނަލްގެ ޖާގައެއް ހޯދުމަށް މިމެޗަކީ ރާއްޖެއަށް މޮޅުވުންމަޖުބޫރު މެޗެކެވެ. އަދި ތުރުކިމިނިސްތާން މިމެޗުން މޮޅުވެއްޖެ ނަމަ ފައިނަލްގެޖާގަ ޔަޤީންވާނެއެވެ.