އަމީނިއްޔާ ސްކޫލުންދޭ މުޙައްމަދު އަމީން ދީދީ އެވޯޑް ސ. ހުޅުދޫ/ ޖަވާހިރުވިލާ، މަރިޔަމް މަލާކް ހުސެއިން ރަޝީދަށް ލިބިއްޖެއެވެ.
އަމީނިޔާ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބިލް ޙަރަކާތްތަކާއި ގުޅިގެން 1995 ވަނަ އަހަރުން ފެށިގެން ދޭ މި އެވޯޑަކީ ކޮންމެ އަހަރަކުވެސް އަތޮޅުތެރޭގެ ސްކޫލަކުން ގްރޭޑް 7 ނިންމާ ދަރިވަރަކަށް އަމީނިޔާ ގްރޭޑް އަށަކުން ފެށިގެން ދެމުން އަންނަ އެވޯރޑެކެެވެ.
މި އެވޯރޑަށް މިއަހަރު ހޮވިފައިވަނީ ސ. ހުޅުދޫ/ ޖަވާހިރުވިލާ، މަރިޔަމް މަލާކް ހުސެއިން ރަޝީދަށެވެ. އަމީން ދީދީ އެވޯރޑްގެ ދަށުން މިހާތަނަށް 18 ދަރިވަރަކު އަމީނިޔާއިން ތަޢުލީމް ޙާސިލްކޮށް ނިމި މިހާރުވެސް 2 ދަރިވަރަކު ގްރޭޑް 9 އަދި 10 ގައި ދަނީ ތަޢުލީމް ޙާޞިލްކުރަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް ލީޑަރުންގެ ގޮތުގައި 16 ދަރިވަރުން ވަނީ ހުވާކޮށްފައެވެ. އެގޮތުން ހައުސް ކެޕްޓަނުންނާއި ޑެޕިއުޓީންގެ އިތުރުން ސްޕޯރޓްސް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަންވެސް ވަނީ ހޮވާފައެވެ. އަދި މި ޙަފްލާގައި މި އަހަރަށް ހޮވުނު ސްކޫލް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަން ވަނީ ހޮވާފައެވެ. އެގޮތުން މިއަހަރު ސްކޫލް ކެޕްޓަނަކަށް ހޮވިފައިވަނީ މަރިޔަމް ތުގާ ޒިޔާދް އަދި ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ ޒައިނާ މުހައްމަދު ޞާލިޙްއެވެ. މި ރަސްމިއްޔާތުގައި މިއަހަރު ސްކޫލަށް ހޮވުނު 45 ޕްރިފެކްޓުން ވަނީ ހުވާކޮށްފައެވެ.
img:http://s3.psmnews.mv/images/660x400/14890427454062.jpg|ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އާޒިމާ، ދަރިވަރަކަށް އިނާމް ދެއްވަނީ / ފޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޯރ ލީގަލް އެފެއާރޒް އާޒިމާ ޝަކޫރުގެ ވާހަކަފުޅުގައި ރިވެތި އަޚްލާގުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާ ވަނީ ވާހަކަ ދައްކަވާފައެވެ.
"ވާދަވެރިކަން ބާއްވަންވީ އަމިއްލަ ނަފްސާމެދު. ބަލަންވީ މިއަދަށްވުރެ މާދަމާ ކާމިޔާބު މީހަކަށް ވުމަށް މަސައްކަތްކުރަންވީ. އެހެން މީހަކާ އަޅާކިޔުމަށްވުރެ ރަނގަޅުގޮތަކީ އަމިއްލަ ނަފްސާ އަޅާކިޔުން." އާޒިމާ ވިދާޅުވިއެވެ.
އާޒިމާގެ ވާހަކަފުޅުގައި މިއަދު މިކުރާ މަސައްކަތެއްގެ ފޮނިމީރުކަމަކީ ތިމާ އަމިއްލައަށް ލިބޭ އެއްޗެއްކަން ޤަބޫލުކޮށް ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރުމަށް ދަރިވަރުންނަށް ނަސޭޙަތްދެއްވާފައެވެ.