ޚަބަރު

މާފުށި ޖަލު ބަލަހައްޓާ ބައިން ފެނުނު މަސްތުވާތަކެތީގެ މައްސަލަ ބަލަނީ



 
ކ. މާފުށި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ނިދާ ބްލޮކުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި 3 ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނުނު މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަންފަށައިފިއެވެ.
 
މި ތަކެތި ފެނިފައިވަނީ މާފުށި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ނިދުމަށް ބޭނުންކުރާ 5 ނަމްބަރު ބްލޮކްގެ އަލަމާރިއެއްގެ ތެރޭގައިހުރި އެންކަލް ބުޓެއްގެ ތެރޭންނެވެ.


 
ކަރެކްޝަނަލް ސާރވިސްއިން އިއްޔެ 17:30 ހާއިރު ހުށަހެޅި މި މި މައްސަލަ ތަޙުޤީޤު ކުރަނީ ކ. މާފުށި ޕޮލިސް ސްޓޭޝަނުންނެވެ. މި މައްސަލައާގުޅިގެން މީހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.