ވިޔަފާރި

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގެ ޤަވާއިދު ގެޒެޓުކޮށްފި


ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ. އެއަރޕޯޓް ސަރވިސް ޗާޖަކީ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރެވެ. 

ދިވެހިންގެ އަތުން ނަގާ 12 ޑޮލަރަކީ މިހާރުވެސް ނަގަމުން އަންނަ ޓެކުހެކެވެ. އާ ގަވާއިދުގެ ދަށުން، 8 ޑިސެންބަރު 2016 ގެ ފަހުން ފުރާ ފަސިންޖަރުންގެ ފައިސާ އެއަރލައިން ތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ޓެކުހުން އިސްތިސްނާވެއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ 1 މެއި 2017 ގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ގެ ރޭޓުގައި ނެގުމަށް ހަމަޖައްސާފައިވާ ފީއެއެކެވެ. 

މި ފައިސާ ވެސް އެއަރލައިން ތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް މި ފީއިން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް މިދިޔަ އަހަރު ސަރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ރުފިޔާ ލިބުނެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2015 ވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި މީރާއަށް ލިބުނު ޢަދަދާ އަޅާބަލާއިރު %8 އިތުރު އަދަދެކެވެ. 2015 އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 496 މިލިއަން ރުފިޔާއެވެ.