ތަރައްްޤީ

"މަހާ ޖައްރާފު" ބަނދެ ނިންމައި މޫދަށް ބާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށް ގެންނަ ކޮންނަ ބޯޓު "މަހާ ޖައްރާފު" ބަނދެ ނިންމައި މޫދަށް ބާލާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީއަށް ގެންނަ މި ކޮންނަ ބޯޓް ބޭލުމަށް ޗައިނާގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތާއި އެކުންފުނީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޑްރެޖަރު ބަނުމުގެ މަސައްކަތް ކޮށްފައިވަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައެވެ.

tw:https://twitter.com/MTCCPlc/status/819480486737223680

"މަހާ ޖައްރާފު"އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޑްރެޖަރ ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މި ޑްރެޖަރ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެތެރޭގައެވެ. މި ޑްރެޖަރ ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.