ދުނިޔެ

ތުރުކީގައި ހުންނަވާ ރަޝިޔާގެ އެމްބެސެޑަރ އަވަހާރަކޮށްލައިފި


ހަތިޔާރުއެޅި މީހަކު ތުރުކީވިލާތުގެ އަންކާރާގައި ދިން ބަޑީގެ ޙަމަލާއެއްގައި ރަޝިޔާއިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ އަންދްރޭ ކާލޯ އަވަހާރަވެއްޖެ.

ތުރުކީވިލާތުގެ އަންކާރާގެ އާރޓް ގެލެރީއަކަށް ހަތިޔާރު އެޅި މީހަކު ވަދެ ދިން ބަޑީގެ މި ޙަމަލާގައި އެމްބެސެޑަރ ކާލޯ އަވަހާރަވެފައިވަނި، ޒަޙަމްތަކަށް ފަރުވާދެއްވުމަށް ހޮސްޕިޓަލަށް ގެންދެވުނުފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޙަމަލާ ދިން މީހާ މިހާރު މަރާލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި މީހާއަކީ އޮފް ޑިއުޓީގައި ހުރި ފުލުހެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެމްބެސެޑަރ ކާލޯ އަވަހާރަކޮށްލުމަށް ދިން މި ޙަމަލާ ރަޝިޔާގެ ޙާރިޖިއްޔާއިން ވަނީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.