މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
މިއަދު މެންދުރު ފުލުހުން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނުގައި ދިވެހި 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސް ކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނެއެވެ.
މިކަމާއި ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.