މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 11000އަށް ވުރެގިނަ މުދައްރިސުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސްއިން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި ރާއްޖޭގައި ތިބި ދިވެހި މުދައްރިސުންގެ އަދަދު 8924އަށް އަރައެވެ. އަދި 2457 ބިދޭސީ މުދައްރިސުން ރާއްޖޭގައި ހަރަކާތްތެރިވެފައިވާއިރު، މުދައްރިސުންގެ ޖުމްލަ އަދަދަކީ 11,381އެވެ. މި އަދަދުގެ ތެރޭގައި ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތައް ހިމެނެއެވެ.
މުދައްރިސުންގެ ތެރެއިން 8843 މީހުންނަކީ އަންހެނުންނެވެ. އަދި ފިރިހެން 2538 މުދައްރިސުން ރާއްޖޭގައި އެބަތިއްބެވެ.
Teachers’ Day 2026
— Statistics Maldives (@statsmaldives) October 5, 2026
Behind every classroom, lesson and learning experience are dedicated educators helping shape the future of our nation.
There are 11,381 teachers serving in government, private and community schools across the Maldives in during the year 2025.
💙 Happy Teachers’ Day! 📊📚
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި އިރު މުދައްރިސުންގެ ދަތިކަމެއް ނެތްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ސަރުކާރުން އަންނަނީ މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މީގެ އިތުރުން ދިވެހި މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ.