ޚަބަރު

ލަމީން ޔަމާލްގެ 2 ލަނޑާއެކު ބާސެލޯނާ މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ ލެވަންޓޭ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމުން ވަނީ ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު 5 މެޗުންވެސް މޮޅުވެ ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ ކުރި ހޯދާފައެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި ބާސެލޯނާގެ ޒަވީ އެސްޕާޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ.

އަދި އޭގެ 14 މިނިޓު ފަހުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ބާސެލޯނާގެ ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ ރަފީނިއާގެ ދެ އެސިސްޓުންނެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްނަމަވެސް ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

ލެވަންޓޭ އިން މި މެޗުގައި ޖެހި ބާސެލޯނާގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި އިވާން ރޮމޭރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ލެވަންޓޭގެ ރޮޖަރ ބްރޫޖް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.

ބާސެލޯނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ކަރީމް އަޑެޔޭމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.