ތަރައްްޤީ

ކަނޑިތީމު ފަޅު ފުންކުރުމުގެ މަޝްރޫޢުގެ ތެރެއިން ޖެޓީގެ މަސައްކަތް


ށ. ކަނޑިތީމު ފަޅު ފުންކުރުމުގެ މަޝްރޫޢުގެ ތެރެއިން ޖެޓީ މަސައްކަތް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. img:http://s2.psmnews.mv/images/660x400/14782167590829.jpg|ށ. ކަނޑިތީމު ބަނދަރު ސަރަޙައްދު - ފޮޓޯ: ކަނޑިތީމު ކައުންސިލް

ކަނޑިތީމުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖެޓީގެ މަސައްކަތް ނިންމާ، ބަނދަރުގެ ކަނޑިންމަ ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަލީ ރިފާޒު ވިދާޅުވިއެވެ. މިގޮތުން މި މަޝްރޫޢުގެ ދަށުން މިހާރު ކަނޑިންމައިގައި ހުރި 50 ފޫޓްގެ އިތުރަށް 30 ފޫޓު އިތުރުކޮށް ކަނޑިންމަ ބޮޑުކުރެވިގެންދާނެ ކަމަށް އަލީ ރިފާޒް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14782167769240.jpg|ށ. ކަނޑިތީމު ބަނދަރު ސަރަޙައްދު - ފޮޓޯ: ކަނޑިތީމު ކައުންސިލް

މިއާއެކު ބޭރު ތޮށީގައި ހިލަޖެހުމާއި ޕޭވްމަންޓް ގަލާއި ލައިޓް ޕޯސްޓްތަކާއި ފަޅުގައި ބަހައްޓާ ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. ކަނޑިތީމު ބަނދަރަކީ 715 ފޫޓު ދިގު އަދި ފުޅާމިނުގައި 297 ފޫޓު ބަނދަރެކެވެ.