ރާއްޖޭގެގައި ތިބި ފަގީރުން ދެނެގަނެ އެ މީހުންގެ ލިސްޓޭއް އިސްލާމިކް މިނިސްޓްރީން މިފަހަރު އެކުލަވާލައްވާފައިވަނީ ސާރވޭތަކެއް ކުރެއްވުމަށްފަހުއެވެ. މި ސާވޭތައް ކުރިޔަށް ގެންގޮސްފައިވަނީ ކަމާއި ގުޅޭ ޓީމެއް ތައްޔާރުކުރެއްވުމަށްފަހުއެވެ. މިގޮތުން މިއަހަރު ފަގީރުންގެ ގޮތުގައި މިއަހަރު 11965 މީހުން ރަޖިސްކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރިޔަށްގެންދިޔަ މި ސަރވޭގެ އަލީގައި، ރާއްޖޭގައި އުޅޭ ފަގީރުންގެ ސައްހަ ލިސްޓެއް އެކުލަވާލެވިފައިވާކަމަށެވެ. އެގޮތުން އެހެން އަހަރުތަކާއި އަޅާބަލާއިރު ފަޤީރުންގެ ލިސްޓް އެކުލާވުލުމުގައި ވަރަށް ޙާއްސަ އިސްކަމެއް ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު މަދުކަން މުސްތަފާ ފާހަގަކުރެއްވިއެވެ.
މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަޤީރަކަށް މިއަހަރު ބަހަން ނިންމާފައިވަނީ ބޮލަކަށް 900 ރުފިޔާއެވެ. މިފަހަރު މުދަލުގެ ޒަކާތް ބަހާ މިންވަރު ވޭތުވެދިޔަ އަހަރާއި އަޅާބަލާއި މިފަހަރު މިވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަޤީރަކަށް ބަހާފައިވަނީ 400 ރުފިޔާއެވެ.
މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ޒަކާތުގެ ގޮތުގައި ކަނޑައެޅިފައިވާ ނިސާބު ހަމަވާ ވަރަށް މުދާ ނުވަތަ ފައިސާ ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ޒަކާތް ދެއްކުން ވާޖިބު ވެގެންވެއެވެ.