މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީގެ 5 އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އަޅާބަލާއިރު މިދިޔަ 2 އަހަރާއި ބައިގެ މުއްދަތުގައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު ވަނީ އިތުރުވެފައެވެ.
2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް އަތުލައިގަނެފައިވަނީ 247 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. އަދި 2024 އިން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އަތުލައިގަނެފައިވަނީ 324 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. އެހެންކަމުން މިއީ 77 ކިލޯގްރާމްގެ އިތުރުވުމެކެވެ.
2019 އިން 2023 (5 އަހަރު) އަށް އަތުލެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ 2.5 އަހަރުގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރު! pic.twitter.com/6UjLGLrCQg
— Maldives Customs Service (@CustomsMv) June 29, 2026
2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު ހުރީ 116 ގައެވެ. ނަމަވެސް 2024 އިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މި އަދަދު ވަނީ 147 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ %27 އިތުރުވުމެކެވެ.
ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ކަސްޓަމްސްއިން ދަނީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި މީގެ ނަތީޖާވެސް ކާމިޔާބުކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.