ޚަބަރު

ރައީސްގެ އަނބިކަނބަލުންނަށް މުލަކުން ހޫނު މަރުޙަބާއެއް


  • ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ

  • މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަަރު ހުޅުއްވައިދެއްވާނެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސާޖިދާ މުޙައްމަދު މ. މުލަކަށް ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން، އެރަށުން އެކަމަނާއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކާ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން އެރަށުގައި ތަރައްޤީކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ރަސްމިއްޔާތުވެސް އޮންނާނީ މިއަދު ހަވީރެވެ.