ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެފްގެ ފަހު މެޗުތައް މިރޭ ކުޅޭއިރު ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ހުރިހާ ޓީމަކަށްވެސް ވަނީ ލިބިފަ އެވެ. ނަމަވެސް މުބާރަތުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައިވާއިރު ޖަޕާން އިންވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއްމެޗު އެއްވަރުވެފަ އެވެ.
ތިންވަނަ ފަހަރަށް ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޖަޕާން އިން ނިކުންނައިރު, އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި 2-2 ގެ ނަތީޖާއަކުން ނެދަލޭންޑްސް އާއި އެއްވަރުކޮށް 4-0 ގެ ނަތީޖާއަކުން ޓިއުނީޝިޔާ ބަލިކޮށްފަ އެވެ. އެހެންކަމުން މިރޭގެ މެޗުން ސްވިޑަން ބަލިކޮށް އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.
ސްވިޑައިން އިން މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ޓިއުނީޝިޔާ އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވިއިރު ނެދަލޭންޑްސް އަތުން ވަނީ ހަމަ އެ ނަތީޖާއިން ބަލިވެފަ އެވެ. އެހެންކަމުން ދެވަނަ ބުރުގެ ޖާގައެއް ޖަޕާނަށް ލިބިގެންދާނީ މި މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިގެންނެވެ.
ޖަޕާނާއި ސްވިޑަން ވަނީ 1936 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުގައި ސްވިޑަން އިން ދެ ލަނޑު ޖަހާފައިވަނިކޮށް ޖަޕާން އިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހާ, 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.
ކުރީގެ މެޗުތައް:
މި ގްރޫޕްގައި ދެން ހިމެނޭ އެފްރިކާގެ ޓިއުނީޝިޔާ އާއި ދެކޮޅަށް ނެދަލޭންޑްސް ނިކުންނައިރު, ނެދަލޭންޑްސް އަށް ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. ނަމަވެސް ޓިއުނީޝިޔާ ކުޅުނު ދެ މެޗުންވެސް ބަލިވެ އެ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ޓިއުނީޝިޔާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ. ހަތަރު މެޗުން ބަލިވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
ޖަޕާން އަތުން 4-0 ގެ ނަތީޖާއަކުން ޓިއުނީޝިޔާ ބަލިވި މެޗަށްފަހު އެ ޓީމުގެ ކުޅުންތެރިން ބުނެފައިވަނީ މި މުބާރާތާއި އެ ޓީމު ކުރިމަތިލާފައިވަނީ އެކަށީގެންވާވަރަށް ތައްޔާރުނުވެ ކަމަށެވެ. އަދި އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް އެއްކޮށް ފަރިތަކުރެވިފައިވަނީ މަދު ފަހަރެއްގެ މަތިން ކަމަށާއި އެކަމުގެ އަސަރު މި މުބާރާތުގައި ކުޅުނު މެޗުތަކުން ވަރަށް ބޮޑަށް ފެނިގެންގޮސްފައިވާ ކަމަށެވެ.