މިހާރު ކުރިއަށްދާ އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކްލަބް އަމީގޯސް އާއި ހޮލިޑޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެމްޖީ ސްޕޯޓްސްގެ މައްޗަށް ހިންނަވަރުން ކުރިހޯދައިފިއެވެ.
މާފަންނު އެއް ނަންބަރު ޓާފްގައި ކުޅުނު މެޗުގައި އަމީގޯސް އާއި ހޮލިޑޭ އެސްސީ އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. އަދި ހެންވޭރު ދަނޑޫގައި ކުޅުނު މެޗުން އެމްޖީ ސްޕޯޓްސްގެ މައްޗަށް ހިންނަވަރުން ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ.
މެޗުގައި އަމީގޯސް އިން 2 ގޯލުގެ ލީޑެއް ނެގިނަމަވެސް ހޮލިޑޭ އެސްސީން ވަނީ ފަހަތުން އަރައި ނަތީޖާ އެއްވަރުކޮށްފައެވެ. އަމީގޯސްގެ ދެ ގޯލުވެސް ކާމިޔާބުކޮށްދީފައި ވަނީ ޝާއިފް ޢަބްދުﷲ ޖަލީލެވެ. އަދި ހޮލިޑޭ އެސްސީގެ ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޙުސައިން ޖަލީލެވެ
މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނަ، ހިންނަވަރަށް ލިބޭއިރު އަމީގޯސް އާއި ހޮލިޑޭ އެސްސީ އޮތީ ދެވަނަ އަދި ތިންވަނައިގައެވެ. ގްރޫޕްގެ ފުލުގައި އޮތީ އެމްޖީ ސްޕޯޓްސް އެވެ.