ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޗައިނާއަށް


  • ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނެ

  • ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރެއް ދެއްވާނެ

ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.

7 ވަނަ ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އިން 12 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވެރިކަންކުރާ ކުންމިންގ ސިޓީގައެވެ.

ވަޒީރު އިރުތިޝާމް އާދަމްގެ މިދަތުރުފުޅުގައި ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ތަގުރީރެއްް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10ވަނަ ޗައިނާ - ސައުތު އޭޝިއާ އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ވަޒީރުގެ މިދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި، އެ ޕްރޮވިންސްގައި ތައުލީމު ޙާސިލުކުރަމުން ގެންދަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހުގައި އެވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އާއި ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގަންނަވައެވެ.