ޚަބަރު

މާލެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި


  • ފުރަތަމަ ފަންގިފިލާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަޒީރު ސަޢީދު

  • މުޅިން އަލަށް ދެ ބްރޭންޑެއް ވަނީ ތަޢާރަފްކޮށްފައި

މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުވައްވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ޖާގަ އިތުރުކޮށް އަމިއްލަ ވިޔަފާރިތަކަށް ވެސް އެތަނުން ފުރުޞަތު ލިބޭނެހެން "ހައިޕަމާކެޓް" ކޮންސެޕްޓްގައި އަލުން ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު މިވަނީ އެތަނުގެ ފުރަތަމަ ފަންގިފިލާ ހުޅުވާފައެވެ. ތަފާތު އެކި ބްރޭންޑުތަކުގެ ތަކެތި އެތަނުން ލިބެން ހުރިއިރު އަމިއްލަ ބައެއް ވިޔަފާރިތަކުގެ ތަކެތިވެސް އެތަނުން ލިބެން ހުންނާނެއެވެ. އޭގެ ތޭރޭގައި ޕީކަބޫ، ޕްރޮކިއުރ ޕްލަސް ފަދަ ތަންތަން ހިމެނެއެވެ.

އެސްޓީއޯއިން އަލަށް ވަނީ ސުންމީ ބްރޭންޑު ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފައެވެ. މި ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރެވެ. އަދި ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރ މާކެޓަށް ތައާރަފްކޮށްފައިވާއިރު މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯގެ ޚިދުމަތްތައް ފުޅާކޮށް އައުޓްލެޓްތައް އިތުރުކުރަމުންދާއިރު މި ހުޅުވިގެންދިޔައީވެސް މުހިންމު ތަނެކެއެވެ. އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެސްޓީއޯގެ އައުޓްލެޓްތައް ހުޅުވައި ޚިދުމަތް ދެމުންނެއެވެ.