ދިވެހި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ދ.މީދޫ ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްދީޤުއަކީ ދ.މީދޫގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. މީދުއަށާއި ދިވެހި ދައުލަތަށް އިޚްލާސްތެރިކަމާއެކު ދިގުމުއްދަތެއްގައި ޞިއްދީޤު ކުރައްވަފައިވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 4, 2026
ދ. މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ، މީދުއަށާއި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، އެރަށު ސާޔާ ޞިއްދީޤު ޢަލީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން،… pic.twitter.com/VhCl3MEPol
ޞިއްދީޤު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި، ސުވަރުގޭގައި ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.