ޚަބަރު

ފިލި ޤައިދީ ހޯދައި، ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފި


  • ފިލީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާން

  • އޭނާ ފިލާފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް

ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ފިލި ޤައިދީ ހޯދައި، ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ފިލީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާންކަމަށެވެ.

ޝަޙްބާން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ކުރެވުނު މަސައްކަތުން އޭނާ ވަނީ މިހާރު ހޯދާފައެވެ. ފުލުހުން ވިދާޅުވީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކަރެކްޝަނަލް ސާރވިސްއާ މިހާރު ހަވާލުކޮށްފައިވާކަމަށެވެ.