ކުޅިވަރު

އެންމެ ބޮޑު ކަންބޮޑުވުމަކީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރުދާނެތީ: އެމެރިކާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގައިންގަޔަށް ނާރާ ބަލިތައް ވަރަށް ބޮޑަށް ފެތުރިދާނެތީ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޖޫން 11 އިން ޖުލައި 19 އަށް މެކްސިކޯ އާއި ކެނެޑާއާ ގުޅިގެން ކުރިއަށްދާ މުބާރާތުގައި އެންމެ ގިނަ މެޗުތައް ކުޅޭނީ އެމެރިކާގަ އެވެ. މި މުއްދަތުގައި އެމެރިކާ އަށް 10 މިލިއަން މީހުން ޒިޔާރަތް ކުރާނެ އެވެ. އެމެރިކާގެ ނެޝަނަލް ލައިބްރަރީ މެޑިސިން އިން ކުރި ދިރާސާއެއްގައި ކުރަނީ ވަރަށް ބޮޑަށް ބަލިތައް އިތުރުވާނެ ކަމަށާއި މިއީ ގައުމީ މައްސަލައެއް ކަމަށެވެ.

މި ދުރާސާގައި ބުނެފައިވަނީ މީސެލްސް އާއި ހެޕަޓައިޓްސް އޭ އާއި ތައިފޮއިޑް އާއި މެލޭރިޔާ އާއި ސާސް ރޯގާ އާއި އެބޯލާ އާއި މާބާގް ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

މިހެންވެ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބަލައި އެމެރިކާގެ ބޮޑެތި ސްޓޭޓްތަކުން ވަނީ އިމަޖެންސީ މެޑިކަލް ޑްރިލްތަކެއް ބާއްވައިފަ އެވެ. މި ގޮތުން މި ހަފުތާގައި ބޭއްވި ހަރަރު ދުވަހުގެ ޑްރިލްގައި 500 ހެލްތް ވޯކަރުން ވަނީ ބައިވެރިވެފަ އެވެ. މި ތައްޔާރީތަކުގައި ކުއްލި ހާލަތުގައި ބަލި މީހުން ފްލައިޓްގައި އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ތަމްރީނުތައް ވެސް ހިމެނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް އެންމެ ހަރަކާތް ގިން މުބާރާތަށްވާނެ އެވެ. ސަބަބަކީ މުބާރާތް ފުޅާކޮށް 48 ޓީމު މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނެތީ އެވެ.