ޚަބަރު

"މައުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ދައުރު ފުރިހަމަ"


  • އެ ވުޒާރާގެ މަސައްކަތްތައް އާންމުންނާއި ހަމައަށް ތަފްސީލުކޮށްދެނީ ފީއެސްއެމް ނިއުސްއިން ކަމަށް ވަޒީރު ފާހަގަކުރެއްވި

  • ގުޅިގެން ކުރޭވޭ މަސައްކަތުން މިދާއިރާއަށް އިތުރު ކުރިއެރުން ގެނެވޭނެ

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ފިޓްނެސްގެ ދާއިރާއިން ޒުވާނުންނާއި ކުޅިވަރާއި ގުޅޭ ވުޒާރާއިން ކުރާ މަސައްކަތްތައް އާންމު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުގައި ޕީއެސްއެމް ނިއުސް، އަދާކުރަނީ މުހިންމު އަދި ވަރަށް ފުރިހަމަ ދައުރެއް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮ ކަމާއިބެހޭ ވަޒީރު ޢަބުދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު ވިދާޅުވީ އެކި އެކި މަރުހަލާގައި އެކި އެކި ތަމްރީނުތަކާއި ސްޕޯޓްސް އިންފްރާސްޓްރަކްޗަރ އަދި ކުޅިވަރުގެ އުސޫލުތަކާއި ގަވާއިދުތަކަށް ގެނެވޭ ބަދަލުތައް އާންމުންނަށް އަންގައިދީ އެބަދަލުތަކަށް އަހުލުވެރި ކޮށްދިނުމުގައި ޕީއެސްއެމް ނިއުސްއިން އަދާ ކުރަނީ މުހިންމު ދައުރެއް ކަމަށެވެ.

“ވަރަށް ބުރަކޮށް ވަރަށް ގާތުން މިނިސްޓްރީއާއެކު ޕީއެއެމް ނިއުސް އިން މަސައްކަތް ކުރޭ. އެކި މަރުހަލާގައި ބަދަލުތައް ގެނެވޭގޮތް ރައްޔިތުންނަށް އަންގައިދެމުން ދަނީ ވަރަށް ފުރިހަމަގޮތެއްގައި” ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އެ ވުޒާރާގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެނީ ވަރަށް ފުރިހަމައަށް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ޕީއެސްއެމް ނިއުސްގެ ޓީމަށް ޝުކުރު އަދާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއެމް ނިއުސްއާއި އެ ވުޒާރާ ގުޅިގެން، ކުރެވިގެންދަނ8 ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި ދެފަރާތުން ގުޅިގެން މަސައްކަތްތަކެއް ވަރަށް ރަނގަޅަށް ކުރެވިއްޖެ ކުޅިވަރުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ދެ ފަރާތުން ގުޅިގެން ކަމަށްވަންޏާއި އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތް ތަފްސީލުކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަކީއަޅުގަނޑުމެންވެސް ބޭނުބްވާ ގޮތް، މަސައްކަތްތައްދާގޮތް ދެ ފުށްފެންނަ ގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން، އެހެންވީމަ މިކަމަށް ދެއްވާ އަހަންމިއްޔަތުކަމާއި އެއްބާރުލުމަށްހަމަ ފަށްފަށުން ވަކިން ހާއްސަކޮށް9 ވަނަ އަހަރީ ދުވަހުގެ މި މުނާސަބަތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލާ އެކަމަށް ޝުކުރު ދަންނަވަން” ވަޒީރު ވިދާޅުވިއެވެ.