ކުޅިވަރު

ވޯލްޑް ކަޕުގެ ކުރިން ސެނެގާލް އާއި ސައޫދީ އަރަބިއާގެ މެޗެއް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި ސައޫދީ އަރަބިއާ އާއި ސެނަގާލް ވާދަ ކުރަން ހަމަޖައްސައިފި އެވެ.

އެފްރިކާގެ ޗެމްޕިއަން ސެނެގާލްގެ ހުށަހެޅުމަކަށް ކުޅޭ މި މެޗު ކުޅޭނީ ޖޫން މަހުގެ 9 ވަނަ ދުވަހު މުބާރާތް ބާއްވާ މައި ގައުމު ކަމަށްވާ އެމެރިކާގަ އެވެ. މިއީ ވޯލްޑް ކަޕުގެ ކުރިން ތައްޔާރުވާން މި ދެ ގައުމުން ވެސް ކުޅޭނެ އެންމެ ފަހު މެޗެވެ. ކުރިްނ ގިނަ ގައުމުތަކުން ނިންމައިގެން ތިބީ އެންމެ ފަހުގެ މެޗުތައް ކުޅޭނީ މާޗު މަހުގައި ކަމަށެވެ. ނަމަވެސް މުބާރާތާ ގާތްކޮށް މެޗުތަކެއް ކުޅެން ނިންމީ ކުލަބު މުބާރާތްތައް ނިންމައި ކުޅުންތެރިން ގައުމީ ޓީމާ ގުޅުމުން ޓީމު އެކުލަވާލުމުގެ މަސައްކަތް މުޅިން ފުރިހަމަ ކުރުމަށެވެ.

ޖޫން 11 ދުވަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތަށް މި ދެ ގައުމު ވެސް އެމެރިކާ އަށް ދިއުމަށް މިހާރު ހަމަޖައްސާފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. މި މެޗުގެ ކުރިން ސެނެގާލުން މެއި މަހުގެ 31 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ވެސް ކުޅޭނެ އެވެ.

ސެނަގާލް ވޯލްޑް ކަޕުގައި ހިމެނެނީ ފްރާންސާއި އިރާގާއި ނޯވޭއާއެކު ގްރޫޕް އައި ގަ އެވެ. ސސައޫދީ އަރަބިއާ ހިމެނެނީ ސްޕޭނާއި އުރުގުއޭ އާއި ކޭޕްވާޑޭއާއެކު ގްރޫޕް އެޗްގަ އެވެ.