ޚަބަރު

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ ވަރުގަދަ ގުރޫޕެއްގައި


  • ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ އިންޑިއާ އަދި ބަންގްލަދޭޝް

  • މުބާރާތް ކުރިއަށްދާނީ މެއި 25 އިން ޖޫން 6 އަށް

  • މުބާރާތް ހޯސްޓު ކުރަނީ އިންޑިއާ އިން

ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ވަރުގަދަ ގުރޫޕެއްގައި ކުޅެން ޖެހިއްޖެއެވެ.

އަންނަ މެއި މަހުގެ 25 އިން ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ގޯއާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އަދި ބަންގްލަދޭޝް އާއިއެކު ގްރޫޕް ބީގައެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ އަދި ބޫޓާނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނޭ ބަންގްލަދޭޝް އަކީ ސާފް ވިމެންސް ޗެމްޕިއަންޝިޕުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އަދި އިންޑިއާ އަކީ މި މުބާރާތް ފަސް ފަހަރަށް ކާމިޔާބުކޮށްފައިވާ، މުބާރާތް ކާމިޔާބު ކުރުމުގެ ފޭވަރިޓެކެވެ. އެހެންކަމުން ރާއްޖެ ހިމެނިފައި މިވަނީ މުބާރާތުގެ ގްރޫޕް އޮފް ޑެތު، ނުވަތަ މަރުގެ ގުރޫޕުގައެވެ.

ޖުމްލަ ހަ ގައުމަކުން ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ތިން ޓީމު ހިމެނޭ ދެ ގުރޫޕުގައި ކޮންމެ ޓީމަކުން ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމެއް، ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި އެއަށްފަހު ހަވަނަ ދުވަހު ކުޅޭނީ ފައިނަލެވެ.