ޚަބަރު

ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުންނަށް ބޭއްވި ވޯކްޝޮޕް ނިމިއްޖެ


އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި އައިޓީ މަސައްކަތް ކުރާ ފަރާތްތަކަށް ޙާއްސަކޮށްގެން ހެލްތު މިނިސްޓްރީން ކުރިޔަށްގެންދެވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ. img:http://s2.psmnews.mv/images/660x400/14752417501876.jpg|އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި އައިޓީ މުވައްޒަފުންނަށް އަމާޒުކޮށް ހެލްތު މިނިސްޓްރީން ކުރިޔަށްގެންދެވި ތަމްރީނު ޕްރޮގްރާމް ނިންމާލުން - ފޮޓޯ: ޕީއެސްއެމް

12 ހޮސްޕިޓަލެއްގައި އައިޓީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.މުޙައްމަދު ހަބީބް ވިދާޅުވީ މިފަދަ ޕުރޮގްރާމްތަކަކީ ހެލްތު ސެކްޓަރ ތަރައްޤީ ކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދަވާ ކަންތައްތައް ކަމަށެވެ. އެގޮތުން ސިއްޙީ ހިދުމަތްދޭ ތަންތަނުގައި ދެވޭ ޙިދުމަތްތައް ފުޅާކުރެވި އަވަސް އަދި ފަސޭހަ ގޮތްތަކަށް ޙިދުމަތް ދިނުމަށް ކުރެވޭ މަސައްކަތަށް މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މި ޕުރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ ކުލިކް ކޮލެޖާއި ގުޅިގެން ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކުގައެވެ.