ކުޅިވަރު

ރެއާލްއިން ސްޕެނިޝް އެފްއޭއާ ގުޅުން ކަނޑާލައިފި


ސްޕޭނުގެ ރެއާލް މެޑްރިޑުން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު މުއާމަލާތް ކުރުން ހުއްޓާލައިފި އެވެ.

އެ ކުލަބުން މި ގޮތަށް ނިންމީ ސްޕެނިޝް ލީގުގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެންނެވެ. މިއީ ތަކުރާރުކޮށް ރެފްރީންގެ ނިންމުތަކާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އަންނަ ރެއާލްއިން މި ފިޔަވަޅު ތަކުރާރުކުރި ދެ ވަނަ ފަހަރެވެ.

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ރެއާލްގެ ގުޅުން ހުސްވި އަހހަރުގެ މެދުތެރެއިން ފެށިގެން ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފެށި އެވެ. އެއީ ރައީސް ކަމަށް ލައުޒަން ވަޑައިގެންނެވުމާއެކު ގުޅުން ރަނގަޅު ކުރުމަށް އޭނާ ކުރެއްވި މަސައްކަތުން ބޭއްވި ގިނަ ބައްދަލުވުންތަކާ އެކުގަ އެވެ.

ނަމަވެސް ރެއާލްއިން މި ފަހުން ހިތްހަމް ނުޖެހުނީ ގިރޯނާއެކު ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ފަހު މިނިޓްގައި ކީލިއަން އެމްބާޕޭ އަށް ކުރި ފައުލަށް ޕެނަލްޓީ ނުދިނުމުންނެވެ. މި މެޗުން އެއްވަރުމުގެ ސަބަބުން ރެއާލް ވަނީ އެއްވަނާގައިވާ ބާސެލޯނާ އަށް ވުރެ ނުވަ ޕޮއިންޓް ފަހަތަށް ގޮސްފަ އެވެ. މިއީ ސްޕެނިޝް ލީގު މި ސީޒަނުގައި ކާމިޔާބު ނުކުރެވޭނެ ފަދަ ފަރަގެކެވެ. ސަބަބަކީ ކޮންމެ ޓީމަކަށް ބާކީ ހަތް މެޗު އޮތުމެވެ. ރެއާލް މި ވަގުތު އޮތީ ޓޭބަލުގެ ދެ ވަނާގަ އެވެ. އެއީ 70 ޕޮއިންޓާއެކުގަ އެވެ. ބާސެލޯނާ އެއްވަނާގައިވަނީ 79 ޕޮއިންޓާއެކުގަ އެވެ.