ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިގޮތަށް ނިންމީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުންކަމަށެވެ. މިގޮތުން ވަކި ކެޓަގަރީތަކުގެ އުޅަނދުތަކެއް ވަކި ވަގުތުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
މި ވަގުތުތަކުގައި ދުއްވުން މަނާކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި A, B, C0, C2, D, E ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން V ކެޓަގަރީގެ އުޅަނދުތައް ހިމެނެއެވެ. މިއީ ހުސް ބަރު މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާ ހެވީ ވެހިކަލްގެ ގޮތުގައި ހިމެނޭ ކެޓަގަރީގެ އުޅަނދުތަކެއެވެ.
04 އޭޕްރިލް 2026 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭhttps://t.co/FKKFIEcUHa pic.twitter.com/8wMIjsoiTP
— Ministry of Transport and Civil Aviation (@MoTCAmv) March 31, 2026
މި އުޅަނދުތައް ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އެ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 ގެ ނިޔަލަށެވެ. މި ވަގުތުތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި މި އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް، މި އެންގުމުން އިސްތިސްނާވާނީ ހަމައެކަނި ޚާއްސަ ހުއްދަ ލިބިފައިވާ އުޅަނދުތަކަށެވެ.
މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު "އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް ބޯލެނބުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.