އިންޑިއާގައި ބޭއްވި ފުރަތަމަ އިންވިޓޭޝަނަލް ރިލޭ އަދި 3 ވަނަ ނޭޝަނަލް އޯޕަން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 4 ގުނަ 400 މީޓަރު ރިލޭގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަން މެޑަލް ހޯދައިފިއެވެ.
އިންޑިއާގެ ޗަންދިގާރުގައި ކުރިޔަށް ދިޔަ މި މުބާރާތުގެ ފިރިހެނުންގެ 4 ގުނަ 100 މީޓަރު ރިލޭއިން ރަން މެޑަލް ހޯދި ޓީމުގައި ހިމެނެނީ އާދަމް ރިފްއަތް، ހުސެއިން ޒީކް ސައުދު، ޒުއިޒް މުޙައްމަދު ސަޢުދު އަދި އަޙުމަދު އަބްސަލް މުޙައްމަދު ޖަލީލެވެ.
މި މުބާރާތުގެ އަންހެނުންގެ 4 ގުނަ 400 މީޓަރު ރިލޭ އިވެންޓުން ރާއްޖެއިން ވަނީ ރިހި މެޑަލް ހޯދާފައެވެ. މި އިވެންޓުގައި ވާދަކުރި ޓީމުގައި ހިމެނެނީ އާއިޝަތު ނަޢަދު އައްސަދު ވަޖުދީ، އާމިނަތު ލަޔާނާ މުޙައްމަދު، ޙައްވާ މުޒްނާ ފާއިޒާއި ޒީކް އަޝްރަފް ރަޝީދެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ މިކްސްޑް 4 ގުނަ 100 މީޓާރާއި މިކްސްޑް 4 ގުނަ 400 މީޓަރާއި ފިރިހެނުންގެ 4 ގުނަ 400 މީޓަރު ރިލޭއިން ރާއްޖޭގެ ޓީމުތަކުން ވަނީ ލޯ މެޑަލް ހޯދާފައެވެ.
މިކްސްޑް 4 ގުނަ 100 މީޓަރު އިވެންޓުގައި ރާއްޖެ ތަމްސީލުކޮށް މެޑަލް ހޯދި އެތުލީޓުންނަކީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، އަހުނަފް ރައްޔާން ފަހުމީ، އަހުނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއުއެވެ.