އަހަރުގެ މިހާތަނަށް 9 ކްރޫޒްލައިނާއަކުން ރާއްޖެއަށް 14000އަށް ވުރެއް ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ. އެގޮތުން މިއަހަރުގެ މިހާތަނައް 9 ކްރޫޒްލައިނާ ވަނީ އައިސްފައެވެ.
ކްރޫޒްލައިނާތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖެއަށް މިހާތަނައް އައިސްފައިވާ ކްރޫޒްލައިނާތައް އައިސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުންނެއެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އެކި ސަރަހައްދުތަކަށް ކްރޫޒްލައިނާރތައް ބަނދަރުކުރެއެވެ. މި ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، އިމިގްރޭޝަންގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން އަބަދުވެސް ކުރަމުން ގެންދެއެވެ.
ޖުމްލަ 9 ކޫރޫޒްލައިނާރއަކުން 14996 ފަތުރުވެރިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްފައެވެ. މި ފަތުރުވެރިން ބަނދަރުކުރާ ސަރަހައްދުގެ އެކި ރަށްތަކަށް ޒިޔާރަތްކުރެއެވެ. ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކައަށް އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ކްރޫޒް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ވިޔަފާރިއެކެވެ. މިވިޔަފާރި އިތުރަށް ފުޅާކޮށް، ހުރި ގޮންޖެހުންތައް ހައްލުކުރުމަށް، ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ.