ޔޫރަޕުގެ އެންމެ ހައިބަތު ބޮޑު ކުލަބު ފުޓުބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ބަޔާ ލެވަކޫސަން އިން ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދުމަށް ލެވަކޫސަން ޖެހުނީ ޕްލޭ އޮފް ކުޅޭށެވެ.
ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި، ރަށުން ބޭރުގައި ކުޅެ ލެވަކޫސަން ވަނީ 0-2 އިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދާފައެވެ.
އެހެންނަމަވެސް އަމިއްލަ ދަނޑުގައި ކުޅެ ލެވަކޫސަން، އޮލިމްޕިއާކޯސް އަތުންވީ އެއްވަރެވެ.
މިއާއެކު އެގްރިގޭޓުން ކުރި ލިބި ލެވަކޫސަންއަށް ގަދަ 16 ގެ ޖާގަ ޔަގީންވީއެވެ.