ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި ފެންނަނީ ވަރަށް ތިޔާގިކޮށެވެ. އާންމުކޮށް ކެއުމަށް ބޭނުންކުރާ ހުރިހައި ބާވަތްތަކެއްގެ ބޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް ބާޒާރުގައި ލިބެން އެބަހުއްޓެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި މިރުހުގެ އަގަށް ބަލާލާއިރު 100ގްރާމް މިރުސް ލިބެންހުރީ 45 ރުފިޔާއަށެވެ.
އަނބު ކިލޯއެއް – 60/90 ރުފިޔާ
ކަރާ ކިލޯއެއް - 20/25 ރުފިޔާ
ކުއްޅަވައް ކިލޯއެއް - 120 ރުފިޔާ
ކުރުނބަލެއް - 30/60 ރުފިޔާ
އަލަނާސި - 60 ރުފިޔާ
އާފަލެއް - 6 ރުފިޔާ
އޮރެންޖެއް - 9 ރުފިޔާ
މިއަދު ބާޒާރުގައި ދޮންކެޔޮ ކިލޯއެއް ލިބެންހުރީ 60 ރުފިޔާއަށެވެ. ގަބުޅިއެއް ލިބެންހުރީ 30 ރުފިޔާއަށެވެ.
ފަތްޕިލާވެލީގެ ބާވަތްތަކަކީވެސް ރަމަޟާންމަހު ވަރަށް ބޮޑަށް ޑިމާންޑް އިތުރުވެގެންދާ ބާވަތްތަކެކެވެ. އެގޮތުން ކުއްޅަފިލާފަތް ބޮނޑިއެއް ލިބެންހުރީ 20/25 ރުފިޔާއަށެވެ. ލެޓިއުސް ކިލޯއެއް 50 ރުފިޔާ އަށް ހުރިއިރު ކޮޕީފަތް ބޮނޑިއެއް ލިބެންހުރީ 10 ރުފިޔާއަށެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި ފެންނަނީ ވަރަށް ބާރުބޮޑުކޮށެވެ. ބާޒާރުމަތި މަގު އިތުރަށް ފުޅާކޮށް ތަރައްޤީކޮށް ރަމަޟާންމަހުގެ ކުރިން ހުޅުވާލުމާއިއެކު ބާޒާރު ބޭނުންކުރާ މީހުންނަށާއި އަދި ވިޔަފާރިކުރުމަށްދާ މީހުންނަށްވެސް ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސްފައެވެ.
ބާޒާރުމަތީގެ ތަކެތީގެ އަގުތަކަށް ބަލާލާއިރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.