ޚަބަރު

ރަސްމީ ދަތުރުފުޅެއްްގައި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް


އިންޑިއާ އަސްކަރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިއަދުން ފެށިގެން މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށް ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި، އިންޑިއާ އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރައްވާ ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލުމާތުދެއްވައެވެ.

މިދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޙާމިދު ޝަފީޤާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަސާންތު ހާންޑޫވެސް ބައިވެރިވެވަޑައިގަންނަވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.