ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލުގައި ދ. ކުޑަހުވަދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ވިލިމާލެއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ކުޑަހުވަދޫއާއި ވިލިމާލެ ބައްދަލުކުރި މެޗު ނިމުނީ 1-5 އިން ވިލިމާލެ މޮޅުވެގެންނެވެ.
މެޗުގައި ކުޑަހުވަދޫއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަރީޝެވެ.
ވިލިމާލޭގެ ލަނޑުތައް ޖަހައިދިނީ އިސްމާޢީލް ވަޖީހް (ވައްޖެ) އާއި އިސްމާއީލް ވިފާގުގެ އިތުރުން އަޙްމަދު ބައްސާމް މުޙައްމަދު ނައީމެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ކުޑަހުވަދޫގެ ހަނާން އިބްރާޙީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވިލިމާލޭގެ ވަޖީހު ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ވަޖީހުއެވެ.
ކުޑަހުވަދޫޣެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ވިލިމާލެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ވިއިރު ސެމީގައި އެ ޓީމު ނުކުންނާނީ ގއ. ދެއްވަދޫއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުގެރެއެވެ.