ހޮނިހިރު ދުވަހުގެ މެންދުރު ފަހާ ހަމައަށް، އުތުރާ މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އުތުރާ މެދުރާއްޖެތެރެއަށް ވައި ގަދަވާނެތީ މިއަދު ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. ސަމާލު ނެރެފަވަނީ މިއަދުގެ ހެނދުނު 07:00އިން މެންދުރު 13:00އަށެވެ. މިގަޑިތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ވ އަތޮޅަށެވެ.
Alert White for strong winds of 19 – 24 mph with rough seas. pic.twitter.com/MDE93ZGQQV
— Maldives Meteorology (@MetMaldives) February 5, 2026
މެޓުން ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރާ ހަމައަށް، ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެއެވެ.
ދުންފުހުގެ އަސަރު ހުރި މިންވަރަށް ބަލާއިރު، އަނެއްކާވެސް މަޑުމަޑުން ރަނގަޅުވަމުންދާކަމަށް މެޓުން ވިދާޅުވިއެވެ.