ޚަބަރު

މާލެ ހިޔާ ފުލެޓުން މީހަކު ވެއްޓި ފަރުވާދެނީ


  • ވެއްޓިފަވަނީ މާލެ ހިޔާ 1، 5ވަނަ ފަންގިފިލައިން

  • މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުން

މާލެ ހިޔާ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރުކަމަށެވެ. ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ވެއްޓިފަވަނީ އެ ފްލެޓްގެ 5 ވަނަ ފަންގިފިލާއިންކަމަށް ފުލުހުން ވިދާޅުވިއެވެ.

ވެއްޓުނު މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.