ތަރައްްޤީ

ރާއްޖެ އެތެރެކުރާ ގަސްތަކުގެ ރާއްކާތެރިކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި


  • މިއީ 2 ދުވަހުގެ ޕްރޮގްރާމްގައި ގުޅުންހުރި ގިނަ އިދާރާތަކުން ބައިވެރިވޭ

ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ގަހާއި ގަހުގެ އުފެއްދުންތަކު ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ޤައުމީ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ތަމްރީނު ކުރިއަށްގެންދަނީ މިއަދުން ފެށިގެން މިމަގުގެ 29ވަނަ ދުވަހުގެ ނިޔަަލަށް މީރުމާގައެވެ.

މި ތަމްރީނު ޕްރޮގްރާމުގެ އަމާޒަކީ ރައްޖެއަށް އެތެރެކުރެވޭ އަދި ރާއްޖެއިން ބޭރު ކުރެވޭ ގަސްގަހާއި ގެހީގެ ބާވައްތައް ބެލެހެއްޓުމުގެ ނިޒާމު އިދާރީ ގޮތުން ހަރުދަނާ ކުރުމެވެ. މަސްވެރިކަމާއި ބެހޭވުޒާރާއިން ވިދާޅުވީ، މަސައްކަތުގެ ބައްދަލުވުމުގައި ކަމާއި ގުޅުންހުރި އިދާރާތަކުގެ ޤަބިލިއްޔަތުކަން އިތުރުކުރުމަށް އިސްކަމެއް ދެވިގެން މައުލޫމާތު ދެވިފައިވާ ކަމަށެވެ. މީގެތެރޭގައި ރާޢްޖޭގައި ބޯޑަރުގައި ހަރަކާތްތެރިވާ އިދާރާތަކުގައި މެދުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، އެކި ހާލަތްތަކަށް އިޖާބަ ދިނުމުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވާނެ ކަމަށެވެ.

މި ޕްރޮގްރާމް ތެރެއިން އުނގަނައި ދެވޭ ކަންކަމަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ޢަމަލުކުރަމުން އަންނަ އުސޫލުތައްކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.


މި ތަމްރީނު ޕްރޮގްރާމް ފެށުމުގެގޮތުން ފުރަތަމަ ދުވަހު، އިދާރާތައް އެކުގައި މިކަމަށް މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންދާނެއެވެ. ދެވަނަ ދުވަހުން ފެށިން ޢަމަލީ ސެޝަންތަކެއް އިދާރާތަކަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޕެސްޓް ރިސްކް އެސެސްމެންޓާއި، ބަލިތައް ފެތުރޭ މިންވަރު ދެނެގަތުމާއި، ހެލްތު ސެޓިފިކޭޝަން ނިޒާމަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.