މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކުރަން ފޮނުވައިިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ މަގާމު އަދާކުރަމުންދިޔަ މ.ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.
މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.