ޚަބަރު

ގްރީން އަށް މުހިންމޮޅެއް، އުންމީދު އާކޮއްފި

  • މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ޔޫވީ ކާމިޔާބުކުރީ 3-1 ލަނޑުން

  • މިއީ މިފަހަރު ލީގުގައި ޔޫވީ ބަލިވި 13 ވަނަ މެޗު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ( ޔޫވީ) ބަލިކޮށް ކުލަބު ގްރީން ސްޓްރީޓްސް އިން ރެލީގޭޝަނުން ސަލާމަތްވުމުގެ އުންމީދު އާކޮއްފިއެވެ. ގްރީން މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މި ނަތީޖާ އެކު މެޗަށް ނުކުތް އިރުވެސް ތާވަލުގެ 8 ވަނައިގަ އޮތް ގްރީން ވަނީ އަ މަގާމުގަ އޮވެ 11 ޕޮއިންޓު ހަމަކޮއްފައެވެ. އެންމެ ޕޮއިންޓެ ތަފާތުން ޓީސީ މިވަގުތު ތާވަލުގެ 7 ވަނައިގަ އޮތް އިރު ގްރީން އަށް ވުރެ ފަހަތުން ތާވަލުގެ 9 ވަނައިގަ ވެލެންސިއާ އޮތީ 8 ޕޮއިންޓާއެކުވެ.

ރަސްމީ ބޯޅަ ދަނޑުގައި މެޗުގެ ކުރީކޮޅު ގްރީން އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ އެޓޭކްގައި ރަނގަޅު މަސައްކަތްތަކެއް ކޮއްފައެވެ. އެގޮތުން މެޗުގެ 4 ވަނަ މިނިޓުގެ ތެރޭގައި ގްރީންގެ މުހައްމަދު ޝަހާއު ދިން ބޯޅައެއް ކެޕްޓަން މުހައްމަދު ޖައިލަމް އޭރިއާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

ގްރީން އިން ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނިޓުގައި ޝަހާއު ދިން ބޯޅައެއްގައި އަންސަރު އިބްރާހިމް އޭރިއާ ތެރެއަށް ވަދެ އަރިމަތިން ގޯލުތެރެއަށް ވައްދައިލައިގެންނެވެ.

މެޗުގެ 24 ވަނަ މިނިޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް މުހައްމަދު ސާމިރު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއިރު 41 ވަނަ މިނިޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް މުސްތަފާ މަހްމޫދު އެލްޝާޒްލީ ފޮނުވާލި ހިލޭ ޖެހުން ސަމީރު ބޮލުން ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ދެޓީމުން ވެސް އާދައިގެ ކުޅުމެއް ދެއްކިއިރު މި ހާފުގައި ދެޓީމަށް ވެސް މާ ގިނަ ނުރައްކާތެރި ފުރަސެތެއް ނުލިބެއެވެ. 49 ވަނަ މިނިޓުގައި ޝަހާއު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޔޫވީގެ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ 77 ވަނަ މިނިޓުގައި ޔޫވީގެ މުސްތަފާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ޔޫވީ ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިއީ މިފަހަރު ލީގުގައި ޔޫވީ ބަލިވި 13 ވަނަ މެޗެވެ.